ސަލްމާން ހާން އާއި ކެޓްރީނާ ކެއިފް ލީޑްރޯލް ކުޅެފައިވާ "އޭކް ތާ ޓައިގާ" ގެ ތިން ވަނަ ބައެއް އުފައްދަން ތައްޔާޜުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި "އޭކް ތާ ޓައިގާ" ގެ ދެ ވަނަ ބައި ކަމަށްވާ "ޓައިގާ ޒިންދާ ހޭ" އާއި ދެ ފިލްމަށް އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު ކާމިޔާބާއި ގުޅިގެން ޔަޝް ރާޖް ފިލްމްސް އިން ވަނީ އޭގެ ތިން ވަނަ ބައެއް އުފެއްދުމަށް ޝައުގުވެރިވާ ކަމަށް ބުނެފައި އެވެ.
އެ ފިލްމު ޑައިރެކްޓަރު ކުރުމަށް އެ ކުންފުނިން ހުށަހަޅާފައިވަނީ ކުރީ ދެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރަށެވެ. އަދި ސަލްމާންވެސް ތިން ވަނަ ބައި ކުޅެން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ފިލްމު އުފެއްދުމާއި ވާހަކަ އާއި ގުޅޭގޮތުން ޔަޝް ރާޖް ފިލްމްގެ އިސްވެރިންނާއި އަލީ ޒަފަރުގެ އިތުރުން ސަލްމާން ބައްދަލުކޮށް މަޝްވަރާކޮށް ވަނީ ނިމިފަ އެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ވާހަކަ ލިޔަން ފަށަން ނިންމާފައިވެ އެވެ.
މި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ މިއަހަރު ނިމޭ ހިސާބުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް