އިންތިހާބު ކާމިޔާބު ކުރުމަށް ރައިސް ޔާމީނާ އެއްބައިވޭ: ޝަހީމް

މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރުން ކާމިޔާބު ކޮށްދިނުމަށްޓަކައި ހުރިހާ އެންމެން އެމަނިކުފާނާ އެއްބައިވަންތަ ވުމަށް، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މ...

08 Jul 2018 | 04:18

މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރުން ކާމިޔާބު ކޮށްދިނުމަށްޓަކައި ހުރިހާ އެންމެން އެމަނިކުފާނާ އެއްބައިވަންތަ ވުމަށް، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.

ޕީޕީއެމްއިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޑރ ޝަހީމް ރަނިންމޭޓަކަށް ހަމަޖެއްސުމަށް ހުށަހެޅުމުން އެކަން ގަބޫލު ކުރައްވާ ވަގުތުން ޝަހީމް ވަނީ ޓުވީޓު ކުރައްވާފައި އެވެ. އަދި ޕީޕީއެމް އޮފީހަށް ވަޑައިގެންނެވި އެވެ.

ޑރ ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިލްމުވެރިންނާއި ޒުވާނުންނާއި، ގައުމުގެ އެންމެހާ ކަނބަލުން މި އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން އެދޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބައިވަންތަ ވުމަށް އެދިވަޑައިގެންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/Mohamedshaheem1/status/1015642196203089920

ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ.

މިހާރު ޝަހީމް އަކީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް