އެޑިއުކޭޝަންގެ އެޑްވއިޒަރު ކަމުން ޑރ ޒާހިރު ހުސައިން ވަކިކޮށްފި

އެޑިއުކޭޝަން މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ ޒާހިރު ހުސައިން އެ މަގާމުން ވަކިކޮށްފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ  އައްޔަން ކުރައްވާފައިވާ އެ މަގާމުން ޒާހ...

08 Jul 2017 | 13:24

އެޑިއުކޭޝަން މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ ޒާހިރު ހުސައިން އެ މަގާމުން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ  އައްޔަން ކުރައްވާފައިވާ އެ މަގާމުން ޒާހިރު ވަކިކުރެއްވީ މިއަދު އެވެ. އެކަމަކު ވަކިކުރެއްވި ސަބަބެއް ނޭނގެ އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޒާހިރަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގައުމީ ޔުނިވާސިޓި އުފެއްދެވުމަށް ފަހު ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ  ޒާހިރު އެވެ.

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެން ޒާހިރު ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް އައްޔަން ކުރައްވާފައި އެވެ. އެޑިއުކޭޝަންގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ އެމަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް