އޭސީސީން ބަލަމުންދާ މައްސަލައެއްގައި މެންބަރު ސައުދު ފުލުހަށް ހާޒިރު ކުރަނީ

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. ފުލުހުންގެ އިދާރާއިން ސައުދަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ...

08 Jul 2017 | 11:37

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުންގެ އިދާރާއިން ސައުދަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށެވެ. ސައުދު  ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

އޭސީސީން ބަލަމުން ދަނީ ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ލިޔުންތަކަކާއި ގުޅޭ މައްސަލައެކެވެ. އެ ލިޔެކިޔުންތަކަކީ ސައުދު އެ ރަށު ކައުންސިލްގެ ރައީސް ކަމުގައި 2011 ވަނަ އަހަރު ހުންނެވި ހިނގާފައިވާ ކަމަކާއި ގުޅޭ ލިޔުންތަކެކެވެ.

ސަައުދު ވިދާޅުވީ މާދަމާ ފުލުހުންގެ އިދާރާއަށް ހާޒިރުވާނެ ކަމަށެވެ. އަދި މި ކަންކަމަކީ ސިޔާސީ ގޮތުން ހިންގާ ސިލްސިލާ ތަހުގީގު ތަކެއް ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ވެސް ސައުދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް ސައު ވަނީ ތުހުމަތު ދޮގުކުރައްވައި އެކަމަށް އިންކާރު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް