ހިތްގައިމު ޓީޒާ ޕޯސްޓަރަކާއެކު ނަހުލާގެ "ބޮސް" ލޯންޗުކޮށްފި

ލޯބީގެ ފިލްމުތައް ހެދުމުގައި ރާއްޖޭގެ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްޙޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު، ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ލޯބީގެ ފިލްމު "ބޮސް" ލޯންޗުކޮށްފި އެވެ. ރޭ އޮލިމްޕަހ...

08 Jul 2017 | 08:21

ލޯބީގެ ފިލްމުތައް ހެދުމުގައި ރާއްޖޭގެ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްޙޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު، ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ލޯބީގެ ފިލްމު "ބޮސް" ލޯންޗުކޮށްފި އެވެ.

ރޭ އޮލިމްޕަހުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި އެ ފިލްމު ލޯންޗުކޮށްދިނީ ނަހުލާގެ ހަގު ދަރިފުޅު ލާލް އެވެ. ފިލްމު ލޯންޗުކުރުމުގެ ގޮތުންވަނީ "ބޮސް"ގެ ފުރަތަމަ ޓީޒާ ޕޯސްޓަރު ދައްކާލާފަ އެވެ.

މިހާރު ޝޫޓިން ފަށާފައިވާ އެ ފިލްމު ޑައިރެކްޓު ކުރަނީ އައިޝަތު ރިޝްމީ އެވެ.

އެ ފިލްމުގެ ކާސްޓާއި ކުރޫގެ ހުރިހާ މެމްބަރުންވެސް ރޭގެ ޙަފްލާގައިވަނީ ތަޢާރަފްކޮށްދީފަ އެވެ.

ފިލްމުގެ ލީޑް ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި ވިދަމުން އަންނަ ތަރި މަރިޔަމް އައްޒަ އަދި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފްވާ މުހައްމަދު ޔުއާން އެވެ. އޭގެއިތުރުން އެ ފިލުމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ، އިބްރާހިމް ޖިހާދު (ޖިމީ)، ފާތިމަތު އަޒްފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝަމީލް އެވެ.

ފިލުމުގެ ކޮސްޓިއުމް ޖާދުﷲ ތައްޔާރުކޮށްދޭއިރު، މޭކަޕްކޮށްދެނީ ސޭންޑީ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ފޯކޭ ކުއަލިޓީގައި ތައްޔާރުކުރާ މި ފިލްމުގެ ސިނަމަޓޯގުރާފީ މަސައްކަތްކުރާނީ ސިނެމެސްޓޯއިން އަދި އެޑިޓިންގެ މަސައްކަތްކުރާނީ ރަވީ ފާރޫޤު އެވެ.

ރޭގެ ޙަފްލާގައިވަނީ އެ ފިލްމުގެ ހިމެނޭނެ ލަވަތައްވެސް އިއްވާލާފަ އެވެ. ލަވަތައް ކިޔާފައިވާނީ ރާއްޖޭގައި މިހާރު މަޝްޙޫރު އަޑުތައްކަމަށްވާ، ޝަލަބީ އިބްރާހިމް، މުހައްމަދު އަބުދުލް ޤަނީ(ތޭރަވާ)، އަހްމަދު ނަބީލް، މަރިޔަމް އަޝްފާ، އިބްރާހިމް ޒައިދު ޢަލީ (ކުޑައިއްބެ)، މާއިން ރަޝީދު އަދި ކޮމަންޑޫ އައްޔައެވެ.

"ބޮސް" ލޯންޗުކުރުމުގެ ޙަފްލާއަށްފަހު ރޭގައިވަނީ ނަހުލާގެ އެންމެ ފަހުގެ ބިރުވެރި ފިލްމު 4426 ސުކްރީންކޮށްފަ އެވެ.

"ބޮސް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް