އިންޑިއާ މީޑިއާގައި މިހާރު އެންމެ މަޝްހޫރީ ޕްރޭނާގެ ދަރިފުޅު ޕަލަކް!

ދިވެހިންނަށް ހިންދީ ޑްރާމާ ސީރީޒްތައް ތައާރަފްވި ދުވަސްވަރު އެންމެ މަޝްހޫރު “ކަސައުޓީ ޒިންދަގީ ކީ”ގެ ބަތަލާ ޝްވެތާ ތިވާރީ (ޕްރޭނާ)ގެ ދަރިފުޅު ޕަލަކް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފު ވާނެ އެވެ. ޕަލަ...

08 Jul 2017 | 08:11

ދިވެހިންނަށް ހިންދީ ޑްރާމާ ސީރީޒްތައް ތައާރަފްވި ދުވަސްވަރު އެންމެ މަޝްހޫރު “ކަސައުޓީ ޒިންދަގީ ކީ”ގެ ބަތަލާ ޝްވެތާ ތިވާރީ (ޕްރޭނާ)ގެ ދަރިފުޅު ޕަލަކް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފު ވާނެ އެވެ.

ޕަލަކް ވަނީ އިއްޔެ ރޭ ބޭއްވި އެވޯޑު ހަފްލާއަކަށް މަންމަ ޕްރޭނާ އަދި ޕްރޭނާގެ މިހާރުގެ ފިރިމީހާ އަދި ފިލްމީ ބަތަލް އަބީނާވް ކޮއްލީ އާއި އެކު ގޮސްފައި އެވެ. ޕަލަކް ފެނިގެން ފޮޓޯގްރާފަރުންނާއި ނޫސްވެރިންގެ ލޯ ހުއްޓުނީ އޭނާ އާއި ދިމާއަށް ކަމަށާއި މިހާރު އިންޑިއާ މީޑިއާގައި އެންމެ ހިނގާ ފިލްމީ ނަމަކީ ޕަލަކް އާއި އޭނާގެ އެ ފޮޓޯތައް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕަލަކް ބޮލީވުޑަށް ތައާރަފްވާ ފިލްމު ރިލީޒްވާ ދުވަހެއް ނޭނގުނަސް އޭނާ އެންމެ ފުރަތަމަ ފެނިގެންދާނީ "ތާރޭ ޒަމީން ޕަރް" އިން ފެނިގެން ދިޔަ ކުޑަކުއްޖާ ކަމަށްވާ ދަރްޝީލް ސަފަރީ ލީޑްރޯލް ކުޅޭ "ކުއިކީ" ކިޔާ ފިލްމަކުންނެވެ. އެކަން ޕްރޭނާ ވަނީ މީޑިއާ އާއި ހިއްސާކޮށްފައިވެ އެވެ. ޕްރޭނާ  ބުނެފައިވަނީ ޕަލަކް ބޮލީވުޑަށް ތައާރަފު ވާނީ އެ ފިލްމުން ކަމަށާއި ފިލްމުގެ މަސައްކަތާއި ގުޅޭގޮތުން ދަރްޝީލް އާއި ޕްރޮޑަކްޝަން ޓީމާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޕަލަކް އަކީ ޕްރޭނާގެ ފުރަތަމަ ކައިވެނި ކުރި ރާޖާ ޗައުދަރީއަށް ލިބިފައިވާ ކުއްޖެކެވެ. އެދެމީހުން 2007 ވަނަ އަހަރު ވަނީ ވަރިވެފައި އެވެ. ޕްރޭނާ ވަނީ ކަސައުޓީ ޒިންދަގީ ކީގެ ފަހުން ދެ ޑްރާމާ ސީރީޒް އަކުން ފެނުނު ނަމަވެސް އޭނާ އެންމެ މަޝްހޫރުވީ ކަސައުޓީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް