ޝިޔާމް ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމެއް ނޭނގެ: އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އިއްޔެ ރޭ ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާކަމަށް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ޝިޔާމް އާއި ބަންޑާރަ ނައިބު އަހުމަދު އަނިލް...

08 Jul 2017 | 03:23

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އިއްޔެ ރޭ ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާކަމަށް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޝިޔާމް އާއި ބަންޑާރަ ނައިބު އަހުމަދު އަނިލް އިއްޔެރޭ ވަރަށް ލަސްވި ފަހުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަމަށް ބުނެ ސޯޝަލް މީޑީއާގައި ވަނީ ހަބަރު ފަތުރާފައި އެވެ.

އޭގެ ހަގީގަތް އޮޅުންފިލުވުމަށް ނޫސްވެރިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމައުލޫމާތު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް އެނގިފައި ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހަބަރުފަތުރާފައިވަނީ އަނިލް ސްޕްރީމްކޯޓަށް ވެދެވަޑައިގެންނެވުތަން ފެނުނީ އޯކިޑްމަގުގައި ހުންނަ ބޮޑުދޮރާށީން ކަމަށެވެ. މޭޖާ ޖެނެރަލް ޝިޔާމް ވަދެވަޑައިގަތީ މާރުކޭޓާއި ދިމާލު ގޭޓަކުންނެވެ. އަދި ހަބަރު ފެތުރި މީހުން ވަނީ އެ ގަޑީގައި ސުޕްރީމް ކޯޓަށް ވަނުމުގެ ބޭނުމެތް ނެތް ކަމަށް ބުނެފައި އެވެ.

މިދިޔަ މާޗްމަހު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ އެއް ދުވަސްކުރިން ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ދަންވަރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެންނެވިކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ ފެތުރިގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް