އެމްއޭސީއެލްއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ވިއްކާ ތެލުގެ އަގަު ހެޔޮކޮށްފި އެވެ. މި ބަދަލު ގެނެސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ...

08 Jul 2017 | 03:05

ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ވިއްކާ ތެލުގެ އަގަު ހެޔޮކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެމްއޭސީއެލްއިން ބުނީ މިމަހުން ފެށިގެން އެތެރޭގެ އުދުހުންތަކާއި ބައިނަލް އަގުވާމީ އުތުހުންތަކަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ.

ބައިނަލް ގައުވާމީ ދަތުރުތަކަށް މިހާރު ތެޔޮ ލީޓަރެއް ވިއްކަނީ 10.68 ރުފިޔާއަށެވެ. އެތެރޭގެ އުދުހުންތަކުގެ ދަތުރުތަކަށް ތެޔޮ ލީޓަރެއް ވިއްކަނީ 10.76 ރުފިޔާ އަށެވެ. މީގެ ކުރިން އެމްއޭސީއެލްއިން ބައިނަލްއަގުވާމީ ދަތުރުތަކަށް ތެޔޮ ލީޓަރެއް ވިއްކާފައިވަނީ 11.4 ރުފިޔާއަށެވެ. އެތެރޭގެ އުދުހުންތަކުގެ ދަތުރުކަކަށް ތެޔޮ ލީޓަރެއް ވިއްކާފައިވަނީ 11.5 ރުފިޔާ އަށެވެ.

ދުނިޔޭގެ ބާޒާރާއި އެސްޓީއޯއިން ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއާއި ފެނަކައިންވެސް ވަނީ ކަރަންޓުގެ އަގު ހެޔޮކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް