ޤުރުއާން ޓީޗަރަކު ފިރިހެން ދަރިވަރަކުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ޤުރުއާން ޓީޗަރަކު ދަރިވަރުންތަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. މި މައްސަލައިގަ ހިމެނޭ ޤުރުއާން ޓީޗަރަކީ ފިރިހެނެކެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ފިރިހެން ކުދިން ތަކަކަށެ...

08 Jun 2020 | 06:13

ޤުރުއާން ޓީޗަރަކު ދަރިވަރުންތަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލައިގަ ހިމެނޭ ޤުރުއާން ޓީޗަރަކީ ފިރިހެނެކެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ފިރިހެން ކުދިން ތަކަކަށެވެ.

އެ ހުރިހާ ކުދިންނަކީ 18 އަހަރު ނުފުރޭ ކުދިންނެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ ނޯޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ކަމަށެވެ. އެއީ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތެކެވެ.

ފުލުހުން ބުނީ ޤުރުއާން ކްލާހެއް ހިންގާ އުމުރުން 28 އަހަރުގެ ފިރިހެނަކު އޭނާގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ހުށަހެޅީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގަ މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެ އިދާރާއިން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތައް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އަތޮޅާއި ރަށުގެ މައުލޫމާތު ހާމަ ނުކުރަނީ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް