ހެލިކޮޕްޓަރު ދެއްވާނަމަ ދެއްވާފައި، ނުދެއްވާ ނަމަ ހިއްޕަވައިގެން އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅުވައި ހިންދީ ބަހުން ދެއްވާފައިވާ ވީޑިއޯ މެސެޖެއްގައެވެ.
ތޯފާ ސޭ ޒިޔާދާ ހަމްކޯ ހަމާރޭ ދޭޝް ޕިޔާރާހޭ (ހަދިޔާތަކަށްވުރެ އަހަރެމެން ލޯބިވަނީ ގައުމުދެކެ) މި ސުރުހީގެ ދަށުން އުމަރު ދެއްވި ވީޑިއޯ މެސެޖުގައި ހިންދީ ބަހުން ވިދާޅުވި ބަސްތައް ތިރީގައި އެވަނީ އެވެ.
" މޯދީ ސާބް، އާޓް ސާލް ޕެހެލޭ އޭކް ހެލިކޮޕްޓަރު ދޭކޭ އިންޑިއާކީ 40 ފޯޖީ ޔަހާ އާއީހޭ، ހަމޭ ހެލްކޮޕްޓަރު ދޭނޭކީ ވާދޭކޭ ސާތު، ޔޭ ހެލިކޮޕްޓަރު ހަމޭ ދިޔާބީ ނަހީ، އޯރު ވޯ ލޯގު ހިންދުސްތާނު ގައޭ ބީނަހީ، އަގަރް ހަމޭ ހެލިކޮޕްޓަރު ދޭނާހޭތޯ ދޭދީޖިޔޭ، އޯރު އަގަރު ނަހީ ދޭނާހޭތޯ، އުންކޯ ލޭކޭ ވާޕަސް ޗަލޭޖާއިޔޭ، އާޕްކީ ބަޅީ މެހެރުބާނީ ހޯގީ"
އުމަރު ވިދާޅުވީ ހެލިކޮޕްޓަރެއް ދޭނެކަމެއް ވިދާޅުވެ ރާއްޖެ އައީ އިންޑިއާ ސިފައިންގެ 40 "ފޯޖީން" ކަމަށެވެ. އެއީ ހެލިކޮޕްޓަރު ދޭނެ ވައުދާއެކު ފޮނުވި ފައުޖެއް ކަމަށް ވިދާޅުވިއެވެ. އަދި ހެލިކޮޕްޓަރުވެސް ދިނީކީ ނޫން ކަމަށާއި އެ ފޯޖު ދިޔައީކީވެސް ނޫން ކަމުގައި އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރުގެ އެ ވީޑިއޯ މެސެޖު ދެއްވާފައިވަނީ އޮޕޮޒިޝަނުން މޯދީއަށް ދެއްވާ މެސެޖުގެ ގޮތުގައެވެ.
https://twitter.com/UmarNaseerMV/status/1137316627496742917
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް