ސިނަމާލެ ބުރިޖު ހަލިމަގުގައި ރޭގެ ވަގުތެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކާރެއްގެ ފުރޮޅު ފެޅި އެ ކާރު ކޮންޓްރޯލުން ނެއްޓިގެންނެވެ.
ފުލުހުން ބުނެފައިވަނީ އެ ކާރުގެ ފުރޮޅު ފެޅި ކޮންޓްރޯލުން ނެއްޓި ކަހާލައިގެން ގޮސް ހަލިމަގުގެ ފެންސުގައި ޖެހިފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓްގައި ކާރަށާއި ފެންސަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ.
ރޭ ދަންވަރު 2:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހަލިމަގުގެ މެދަކާ ހިސާބުންނެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެ ކާރަކީ ގަވައިދާ އެއްގޮތަށް ރަނގަޅު ޒޯނަށް ރަޖިސްޓްރީކޮށްފައިވާ އަދި ލައިސަންސް އޮތް މީހަކު ދުއްވި ކާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް