ހަޒާޑް ރެއާލްއާ ގުޅުނުކަން ރެއާލް މެޑްރިޑުން ރަސްމީކޮށް ކަށަވަރު ކޮށްދީފި

ޗެލްސީގެ އެޑެން ހަޒާޑް ރެއާލް މެޑްރިޑާ ގުޅުނުކަން ދާދި ދެންމެއަކު އެ ޓީމުން ރަސްމީކޮށް ކަށަވަރު ކޮށްދީފިއެވެ. ހަޒާޑް ގެންނަން ރެއާލް އިން މަސައްކަތް ކުރާކަމުގެ އަޑުތައް އިވޭތާ ދުވަސްތަކެއް ފަހުން، ރެއ...

07 Jun 2019 | 20:29

ޗެލްސީގެ އެޑެން ހަޒާޑް ރެއާލް މެޑްރިޑާ ގުޅުނުކަން ދާދި ދެންމެއަކު އެ ޓީމުން ރަސްމީކޮށް ކަށަވަރު ކޮށްދީފިއެވެ.

ހަޒާޑް ގެންނަން ރެއާލް އިން މަސައްކަތް ކުރާކަމުގެ އަޑުތައް އިވޭތާ ދުވަސްތަކެއް ފަހުން، ރެއާލްއިން އެންމެ ފަހުން، އަންނަ ސީޒަނުން ފެށިގެން ހަޒާޑްގެ އެ ޓީމުގެ ޖާޒީގައި ފެންނާނެކަން ކަށަވަރު ކޮށްދީފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި ހަޒާޑްގެ ޓްރާންސްފާގެ އަގު 100 މިލިޔަން ޔޫރޯއަށް އަރައެވެ.

ނިމި ދިޔަ ސީޒަންގެ ނާކާމިޔާބީއާއެކު ރެއާލްއިން ޓީމު ވަރުގަދަ ކުރުމަށް ޓްރާންސްފާ މާކެޓްގައި ގަދަ ފައި ވިއްދާފައިވާއިރު، ހަޒާޑް ވަނީ ރެއާލްއާއެކު 30 ޖޫން 2024 ގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައެވެ.

ރެއާލް މެޑްރިޑުން ބުނެފައިވާ ގޮތުގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހަޒާޑް ދައްކާލުން ރަސްމީކޮށް އޮންނާނީ ޖޫން 13 ވަނަ ދުވަހުގައެވެ.

މީގެ ކުރިން ވެސް ރެއާލް އިން ހަޒާޑަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ހަޒާޑް ވެސް ވަނީ ރެއާލް އާ ގުޅެން ބޭނުންވާކަން ހާމަކޮށްފައެވެ. ހަޒާޑާއި ރެއާލްގެ އުންމީދު ފުރިހަމަ ވެފައިވާއިރު، ޕްރިމިއާ ލީގުގައި ހަޒާޑް ދެއްކި މޮޅު ކުޅުމަށް ބަލައި، އޭނާ ރެއާލްއާ ގުޅުމުން ރެއާލްއަށް ބޮޑު ކުރިއެރުމަށް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ރެއާލްއިން ހަޒާޑްގެ ޓްރާންސްފާ ރަސްމީކޮށް ހާމަކުރިއިރު، އެ ޓީމުން ވަނީ މި ޓްރާންސްފާ ވިންޑޯގައި މީގެ ކުރިން ޕޯޓޯގެ ޑިފެންޑަރ އެޑާ މިލިޓާއޯ އަދި ފްރެންކްފާޓްގެ ފޯވާޑް ލޫކާ ޖޮވިޗް ވެސް ގަނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް