އިނާޔާ އާއި ހެދި ސޯހާއަށް ވީރޭ ދި ވެޑިން ނުބެލިފައި!

މިމަހުގެ އެއް ވަނަ ދުވަހު ރިލީޒް ކުރި ފަހަރި ކަރީނާ ކަޕޫރުގެ ފިލްމު "ވީރޭ ދި ވެޑިން" ބަލާލާނެ ފުރުސަތު އަދިވެސް ނުލިބޭ ކަމަށް ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާން ބުނެފި އެވެ. ސޯހާ ބުނީ އެ ފިލްމު ...

08 Jun 2018 | 05:00

މިމަހުގެ އެއް ވަނަ ދުވަހު ރިލީޒް ކުރި ފަހަރި ކަރީނާ ކަޕޫރުގެ ފިލްމު "ވީރޭ ދި ވެޑިން" ބަލާލާނެ ފުރުސަތު އަދިވެސް ނުލިބޭ ކަމަށް ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާން ބުނެފި އެވެ.

ސޯހާ ބުނީ އެ ފިލްމު ބަލަން ވަގުތު ނުދެވިގެން އުޅެނީ ދަރިފުޅު އިނާޔާއަށް ވަގުތު ދޭން ބޭނުންވާތީ ފިލްމު ކުޅުމާއި ފިލްމު ބެލުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ދުރުގައި އުޅެން ބޭނުންވާތީ ކަމަށެވެ. ސޯހާ ބުނީ އޭނާ އަޒުމު ކަނޑައަޅައިގެން ހުރީ އިނާޔާގެ އުމުރުން އެއް އަހަރު ވަންދެން ދަރިފުޅަށް ހުރިހާ ވަގުތެއް ހުސްކޮށްގެން ހުރުމަށެވެ.

މިހާރު އިނާޔާއަށް އަށް މަހެވެ.

ސޯހާ ބުނީ އިނާޔާއަށް އަހަރެއް ވުމުން ފިލްމު ކުޅެން ފަށާނެ ކަމަށެވެ. އެކަމަކު މިހާރު އެކަހަލަ އެއްވެސް ކަމަކަށް ސަމާލުކަން ނުދޭ ކަމަށާއި ގޭތެރޭގައި އިނާޔާ ގޮވައިގެން އުޅޭ އިރު ރީތިވުމަކީވެސް މާ ބޮޑު ސަމާލުކަން ދޭކަމެއް ނޫންކަމަށް ސޯހާ ބުނެފައިވެ އެވެ.

ސޯހާގެ އިތުރުން ކަރީނާވެސް ވަނީ "ވީރޭ ދި ވެޑިން" އަށް ފަހު ދެން ކުޅޭނީ އަހަރަކު ފިލްމެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ ލައްވާ ކުޅުވާ ފިލްމުގެ ޝޫޓިން 50 ދުވަހަށް ވުރެ ދިގު ދެމިގެން ނުވާނެ ކަމަށް ބުނެފަ އެވެ.

ސޯހާ އާއި ކަރީނާ އަކީ ދަރިން ޕްރޮމޯޓު ކުރުމުގައި މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު ދެ ތަރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް