އޭޑިކޭ ހޮސްޕިޓަލުގައި ހުޅުވި ހުން ކްލިނިކް ބަންދު ކޮށްފި

މި ދުވަސް ވަރު މުޅި ރާއްޖޭގައި ފެތުރެމުންދާ ވައިރަލް ހުމާއި، އިންފްލުއެންޒާ އަދި ޑެންގީ ހުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ހުޅުވި " ހުން ކްލިނިކް" ބަންދު ކޮށްފި އެވެ. އެ ކްލިނިކް ހުޅުވީ މިދިޔަ މަހު...

08 Jun 2018 | 04:30

މި ދުވަސް ވަރު މުޅި ރާއްޖޭގައި ފެތުރެމުންދާ ވައިރަލް ހުމާއި، އިންފްލުއެންޒާ އަދި ޑެންގީ ހުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ހުޅުވި " ހުން ކްލިނިކް" ބަންދު ކޮށްފި އެވެ.

އެ ކްލިނިކް ހުޅުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.އެ ހޮސްޕިޓަލުން ބުނީ ކްލިނިކް ބަންދު ކުރަން ނިންމީ މިފަހަކަށް އައިސް ހުން އައިސްގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު މަދު ކަމުން ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކްލިނިކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު މަދުވާން ފަށާފައިވާ ކަމަށް އޭޑިކޭއިން ބުނެ އެވެ. އެގޮތުން 21 ވަނަ ދުވަހު، ހުން ޖެހިގެން 200 މީހުން ޑޮކްޓަރަށް ދެއްކި އިރު ބުދަ ދުވަހު އެ ކްލިނިކުން ފަރުވާ ހޯދީ 75 މީހުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ކްލިނިކް ހުޅުވި ފަހުން ބުދަ ދުވަހުގެ ނިޔަލަށް 2،884 މީހުން ހުމަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ބައެއް ރަށްރަށުގައިވެސް ވަނީ ފްލޫ ކްލިނިކް ހުޅުވާފައި އެވެ.

އޭޑިކޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންގެ އަދަދު މަދުވެގެން ހުން ކްލިނިކް ބަންދު ކުރިޔަސް އެޗްޕީއޭއިން ބުނީ ވައިރަލް ހުމާއި، އިންފްލުއެންޒާ އަދި ޑެންގީ ހުން ފެތުރޭ މިންވަރު އަދި ކޮންޓްރޯލް ނުވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި 9،050 މީހުން، އޭގެ ކުރީ ހަފުތާގައި 9،710 މީހުން ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް