ނަވާޒުއްދީން އާއެކު ފިލްމު ކުޅެން ތާޕްސީ ދެކޮޅު ހެދި ވާހަކަ ދޮގުކޮށްފި

ތާޕްސީ ޕަންނޫ އަކީ ފަހަކަށް އައިސް ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ހުނަރު ވެރި ބަތަލެކެވެ. ތާޕްސީ ކުޅެފައިވާ ފިލްމު ތަކުގެ ތެރެއިން "ޕިންކް"، "ދަ ގާޒީ އެޓޭކް" އަދި "ނާމް ޝަބާނާ" ފަދަ ފިލްމު ތަކުން އޭ...

08 Jun 2018 | 04:00

ތާޕްސީ ޕަންނޫ އަކީ ފަހަކަށް އައިސް ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ހުނަރު ވެރި ބަތަލެކެވެ.

ތާޕްސީ ކުޅެފައިވާ ފިލްމު ތަކުގެ ތެރެއިން "ޕިންކް"، "ދަ ގާޒީ އެޓޭކް" އަދި "ނާމް ޝަބާނާ" ފަދަ ފިލްމު ތަކުން އޭނާ ވަނީ ވަރަށް ފުރިހަމަ ރޯލެއް އަދާ ކޮށްފައެވެ. އަދި މިއަހަރު ތެރޭގައި އިތުރު ދެ ފިލްމަކުން ތާޕްސީ ފެނިގެން ދާނެއެވެ.

މިހާރު އެންމެ ހޫނު ކޮށް ދެވެމުން އަންނަ ވާހަކަ އަކީ ތާޕްސީ، ނަވާޒުއްދީން ސިއްދީގީ އާއި އެކު ފިލްމު ކުޅެން ދެކޮޅު ހެދި ކަމަށް ދެކެވޭ ވާހަކަ އެވެ. އެކަމަކު މިކަން ދޮގުކޮށް ތާޕްސީ ބުނެފައިވަނީ ވަކި މީހަކާއި އެކު ފިލްމު ނުކުޅެން ނިންމާފައި ނުވާ ކަމަށެވެ. އަދި ނަވާޒުއްދީން އާއި އެކު ކުޅެން ލިބުނު ފިލްމަށް ތާޕްސީ އިންކާރު ކުރީ އެވަގުތު އެހެން ދެ ފިލްމެއްގައި މަސައްކަތް ކުރަމުން ދާތީ ކަމަށް އޭނަ ބުނެފައި ވެއެވެ.

ނަވާޒުއްދީން ސިއްދީގީ ވެސް ވަނީ އެ ރިޕޯޓްތައް ދޮގުކޮށް ޓުވީޓެއްވެސް ކޮށްފައެވެ. ނަވާޒުއްދީންގެ ޓުވީޓްގައި ބުނެފައިވާ ގޮތުން ބޮލީވުޑްގެ އަންހެން ބަތަލެއް ތްރިލާ ފިލްމަކަށް އިންކާރު ކުރިކަމަށާއި ނަމަވެސް އޭނާ އެއްވެސް  ތްރިލާ ފިލްމެއްގައި ހިއްސާވެފައި ނުވާނެ ކަމަށެވެ.

ނަވާޒުއްދީން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޝިވް ސޭނާގެ ފައުންޑާ ބަލް ތާކްރޭގެ ހަޔާތުގެ މައްޗަށް ބިނާ ކޮށް ކުޅޭ ފިލްމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް