ޕަރޭޝް ރާވަލްގެ ދެ ފިލްމެއް މިއަހަރު ފެނިގެންދާނެ!

ޕަރޭޝް ރާވަލް އަކީ އެންމެންވެސް ދަންނަ ބޮލީވުޑްގެ މަޝްހޫރު ހުނަރުވެރި ތަރި އެކެވެ. ސަންޖޭ ދަތްގެ ދިރި އުޅުމުގެ މައްޗަށް ބިނާ ކޮށް ކުޅޭ "ސަންޖޫ" މި ފިލްމުގައި ޕަރޭޝް ރާވަލް ވަނީ ވަރަށް މުހިންމު ރޯލެއް ...

08 Jun 2018 | 03:30

ޕަރޭޝް ރާވަލް އަކީ އެންމެންވެސް ދަންނަ ބޮލީވުޑްގެ މަޝްހޫރު ހުނަރުވެރި ތަރި އެކެވެ.

ސަންޖޭ ދަތްގެ ދިރި އުޅުމުގެ މައްޗަށް ބިނާ ކޮށް ކުޅޭ "ސަންޖޫ" މި ފިލްމުގައި ޕަރޭޝް ރާވަލް ވަނީ ވަރަށް މުހިންމު ރޯލެއް ކުޅޭ ކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން އޭނާ މި ފިލްމުން ފެނިގެން ދާނީ ސަންޖޭ ދަތްގެ  ބައްޕަގެ ރޯލުންނެވެ.

އަދި ހަމަ އެއާއެކު ޕަރޭޝް ވަނީ އޭނާ ދެން ކުޅޭ ފިލްމުގައި އޭނާ އަދާ ކުރުމަށް ހަމަ ޖެހިފައިވާ ރޯލުވެސް އާންމުންނާ ހިއްސާ ކޮށްފައެވެ. އެއީ  އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ބިނާ ކޮށް ހަދާ ފިލްމެކެވެ. މިފިލްމުގައި ޕަރޭޝް އަދާ ކުރާނީ ނަރެންދްރަ މޯދީގެ ރޯލެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ޕަރޭޝް ރާވަލް މިހާރު އެފިލްމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާ ކަމަށާއި މިއަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު ހިސާބު ޝޫޓިން ފެށޭނެ އެވެ. ޕަރޭޝް ބުނެފައިވާ ގޮތުގައި މިފަދަ ރޯލެއް އަދާކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އަދި ޕަރޭޝް ރާވަލް މިފަދަ ރޯލެއް ކުޅޭތަން ބަލަން ބެލުން ތެރިން ތިބީ ކެތްމަދުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް