ހަންޓަ ވައިރަހާ ގުޅިގެން ހާލަތު މިދަނީ މޮނިޓާ ކުރަމުން - ރާއްޖެ އަށް ރިސްކު ކުޑަ: އެޗްޕީއޭ

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ލައިނަރަކުން ހަންޓަ ވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ހާލަތު މޮނިޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝ...

08 May 2026 | 14:24
ހަންޓަވައިރަހަކީ މީދަލުގެ ސަބަބުން ފެތުރޭ ވައިރަހެއް، ފެތުރެން ފެށީ ހަންޓަވައިރަހުގެ ސްޓްރެއިން ތަކުގެ ތެރެއިން އިންސާނުންގެ ތެރޭގައި ފެތުރޭ ހަމަ އެކަނި ސްޓްރެއިން -

ހަންޓަވައިރަހަކީ މީދަލުގެ ސަބަބުން ފެތުރޭ ވައިރަހެއް، ފެތުރެން ފެށީ ހަންޓަވައިރަހުގެ ސްޓްރެއިން ތަކުގެ ތެރެއިން އިންސާނުންގެ ތެރޭގައި ފެތުރޭ ހަމަ އެކަނި ސްޓްރެއިން -

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ލައިނަރަކުން ހަންޓަ ވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ހާލަތު މޮނިޓާ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ރާއްޖެ އިން މި ބަލީގެ އެއްވެސް ކޭހެއް ފެނިފައި ނުވާ ކަމަށާއި، ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައި ނުވާ ކަމަށެވެ. ރާއްޖެ އަށް މި ބަލީގެ ރިސްކު އޮތީ ވަރަށް ކުޑަކޮށް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މި ކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ލިބެމުންދާ ވަރަކަށް ޢާންމުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ހަންޓަ ވައިރަހަކީ މީދާ ފަދަ ޖަނަވާރުންގެ ނަޖިހާއި ކުޑަކަމުދާ ތަކެތީގެ ޒަރީޢާ އިން އިންސާނުންނަށް ފެތުރޭ ވައިރަހެކެވެ. ވައިގެ ތެރެއިން ފެތުރޭ ބައްޔެއް ނޫންވީމާ، ކޮވިޑް-19 ފަދައިން ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުޞަތު ކުޑަ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. ނެދަލެންޑްސްގެ އޯޝަންވައިޑް އެކްސްޕެޑިޝަންސް ކުންފުނީގެ އެމްވީ ހޮންޑިއުސް ކްރޫޒް ޝިޕުގައި މި ވައިރަސް ފެތުރި މިހާތަނަށް ތިން މީހުން މަރުވެ، ފަސް ކޭހެއް ކޮންފާމް ވެފައިވެއެވެ. ބޯޓުގައި 23 ޤައުމެއްގެ ރައްޔިތުން ތިބި ނަމަވެސް ދިވެއްސެއް ހިމެނިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް