ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނި މަދުކުރުމަށް ދާ ޖެހުމުގެ މަސައްކަތް ކުރިއަށް

ހުޅުމާލެ ޗެނަލްގެ ތެރެއަށް އޮއިވަރާ އެކު ޖަމާވާ ކުނި މަދުކުރުމަށްޓަކައި އެ ސަރަހައްދުގައި ދާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެޗްޑ...

08 May 2026 | 06:07
މަސައްކަތް ކުރިއަށް - ފޮޓޯ: އެޗްޑީސީ

މަސައްކަތް ކުރިއަށް - ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ޗެނަލްގެ ތެރެއަށް އޮއިވަރާ އެކު ޖަމާވާ ކުނި މަދުކުރުމަށްޓަކައި އެ ސަރަހައްދުގައި ދާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަސައްކަތަކީ ޗެނަލް ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ.

ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދޭއް ގުޅުވައިދޭ ޗެނަލް ސަރަހައްދު، ނުވަތަ ޗެނަލް ޕާކަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ އެއް ތަނެވެ. ފެތުމާއި ޕިކްނިކް ދިއުމާއި ހަވީރު ފިންޏަށް ބޭރަށް ނުކުތުން ފަދަ ކަންކަމަށް ޢާއިލާތަކާއި ޒުވާނުން ގިނަ ޢަދަދަކަށް އެ ސަރަހައްދަށް ދެއެވެ. މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް އެޗްޑީސީން ވަނީ ޗެނަލް ޕާކު ޒީނަތްތެރިކޮށް، ކުނި އެޅުމަށް ޑަސްބިން ބަހައްޓައި، އާންމުންނަށް ހުޅުވައިލައިފައެވެ.

ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2025 ވަނަ އަހަރު މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި ޕާލީ މޯލްޑިވްސް އާ ގުޅިގެން ހިންގި ކޯސްޓަލް ކްލީންއަޕް ހަރަކާތުގައި ހުޅުމާލެ އައްސޭރިފަށުން 2.1 ޓަނުގެ ކުނި ނަގައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް