އިގްތިސާދީ ޕެކޭޖު އެކުލަވާލީ މޯލްޑިވްސް އެސޯސިއޭޝަން ފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މަޝްވަރާ ނުކޮށްކަމަށްބުނެ މަޓީން ނެރުނު ބަޔާނަކީ ސަރުކާރުގައި ކޮޅުފައިން ޖެހުން ކަމަށް ޓްރޭޑް މިނިސްޓަރު ފައްޔާޒް ވިދާޅުވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޓީއަށް ފޭވަރ ކޮށް ޓްވީޓެއް ކުރައްވައިފިއެވެ.
އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން މަޓީ އަދި އެހެން ހުރިހާ ފަރާތެއްގެވެސް ހެޔޮ ލަފައާއި އިރުޝާދު ބަލައިގަންނާނެ ކަމަށެވެ. ވިޔަފާރިވެރިންނަކީ ގައުމެއްގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
"އުފެއްދުންތެރިކަން ނުކުންނަނީ މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި އަދި ގުދުރަތީ ވަސީލަތްތައް އެކުވީމަ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖް ކަނޑައެޅީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ މަޝްވަރާ ނުކޮށް ކަމަށް ބުނެ އެ ޖަމިއްޔާ އިން ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް