ކޯވިޑް-19 ޖެހިގެން ތިން ވަނަ މީހަކު މަރުވެއްޖެ

ކޯވިޑް-19ގައި ރާއްޖެއިން ދެވަނަ ދިވެއްސަކު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި މަރުވި ތިންވަނަ މީހާއެވެ. ދެވަނައަށް މަރުވީ ބިދޭސީއެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ މަރުވެފައި...

07 May 2020 | 19:14

ކޯވިޑް-19ގައި ރާއްޖެއިން ދެވަނަ ދިވެއްސަކު މަރުވެއްޖެ އެވެ.

މިއީ މި ބަލީގައި މަރުވި ތިންވަނަ މީހާއެވެ. ދެވަނައަށް މަރުވީ ބިދޭސީއެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެން މީހާ ކަމަށެވެ.

އޭނާ ވެންޓިލޭޓަރަށް ލާފައިވާކަން ކުރިން ހާމަކުރިއެވެ.

https://twitter.com/HPA_MV/status/1258479079566856195

މިމީހާގެ އިތުރުން ޑީއެޗް11 ގައި88 އަހަރުގެ ފިރިހެނަކަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ޑީއެޗް11 ގައި ގާއިމްކޮށްފައިވާ އައިސީޔޫގައި88 އަހަރުގެ މީހާ އާއި އެކު މިހާރު ފަރުވާދެމުންދަނީ ފަސް މީހަކަށެވެ. އަނެއް ހަތަރު މީހުންގެ ހާލު ރަނގަޅެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް648 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި މިމަހު މި ބަލީގައި ރާއްޖެ އެންމެ ނުރައްކާތެރި ހާލަތަށްދާނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވެފައިވަނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. މި އެންމެން މަރުވެފައި ވަނީ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް