މޫކައި ގައި ކަރަންޓު ނެތުމުން ހައްޖު ކޯޕަރޭޝަންގެ ކައުންޓަރު ބަންދު ކޮއްފި

މޫކައި ސޫޓުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ ކައުންޓަރުން ދޭ ހިދުމަތްތައް މެދު ކަނޑާލައިފިއެވެ. މޫކައި ސޫޓޫގެ ދެ ވަނަ ފަންގިފިލާގައި ހިންގަމުންދާ ހައްޖު ކޯޕަރޭޝަންގެ ކައުނ...

08 May 2019 | 09:26

މޫކައި ސޫޓުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ ކައުންޓަރުން ދޭ ހިދުމަތްތައް މެދު ކަނޑާލައިފިއެވެ.

މޫކައި ސޫޓޫގެ ދެ ވަނަ ފަންގިފިލާގައި ހިންގަމުންދާ ހައްޖު ކޯޕަރޭޝަންގެ ކައުންޓަރުގެ ހިދުމަތް މެދުކަނޑާލާފައިވަނީ ދެ ދުވަހަށެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ރޭގެ އަލިފާނުގެ ހާދިސާއަށްފަހު އަދިވެސް އެ ހޮޓަލުގައި ކަރަންޓު ނެތް ކަމަށާއި ކައުންޓަރުގެ ހިދުމަތް ކެނޑިފައިވަނީ ހޮޓަލުގައި ކަރަންޓު ނެތުމުން ކަމަށެވެ. އަދި މި ކޯޕަރޭޝަންގެ މުދަލަކަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން ހުޅުވާނީ އާދީއްތަ ދުވަހު ކަމަށާއި ކައުންޓަރު ބަންދުކުރި ނަމަވެސް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އެކި ގޮތްގޮތުން ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް