ލ. ގަމުގައި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައިވާ އިބްރާހިމް ފަޒީލްގެ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯތުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން އެއްޔެ މިހެން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8900ރ ފޭރުނު މައްސަލާގައެވެ. ފުލުހުން މި މައްސަލާގައި ތިން މީހުން ހައްޔަރު ކޮއްފައިވަނީ ރުފިޔާ ފޭރުމަށް ފަހު އަނެއްކާ އޭނާއަށް ބިރުދައްކާ އަލުން ފައިސާ އަތުލަންއުޅެނިކޮށެވެ. އަދި ފަޒީލް ހައްޔަރު ކޮއްފައިވަނީ ފިލައިގެން އުޅެނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެއިންނެވެ.
މި މައްސަލާގައިހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކުގެ ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ. ދެން ހުރި މީހާ ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮއްފައެވެ.
މި މައްސަލާގައި ހައްޔަރު ކޮއްފައިވާ އިބްރާހިމް ފަޒީލްއަކީ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް