ދުވަހުގެ ރެސްޓޯރެންޓް: ހަޓް ކުޒީން– ޝެއަރ ކުރައްވައިގެން ދެބޭފުޅަކަށް ރޯދަވީއްލުން ލިބުމުގެ ފުރުސަތު

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ސޯސަންމަގުގައި ހުންނަ ހަޓް ކުޒީން ރެސްޓޯރެންޓެވެ. މި އާޓިކަލް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ހަޓް ކުޒީން އިން ރޯދަވީއްލުން ލި...

08 May 2019 | 04:35

ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ސޯސަންމަގުގައި ހުންނަ ހަޓް ކުޒީން ރެސްޓޯރެންޓެވެ. މި އާޓިކަލް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ހަޓް ކުޒީން އިން ރޯދަވީއްލުން ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

ހަޓް ކުޒީންގެ މެނޫއަށް ބަލާލާއިރު، މޯލްޑިވިއަން ރޯދަވިއްލުން ކޮންމެ ދުވަހަކު ލިބޭއިރު، އަގަކީ މީހަކަށް 129 ރުފިޔާއެވެ. މީގެ އިތުރުން އިންޑިއަން ކާއެއްޗެހީގެ މެނޫ ކޮންމެ އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު ލިބޭނެއެވެ. މި މެނޫގެ އަގަކީ މީހަކަށް 139 ރުފިޔާއެވެ. ހަޓް ކުޒީންގެ ކޮންޓިނެންޓަލް މެނޫ ރޯދަމަހުގެ ކޮންމެ ހޯމަ، ބުދަ އަދި ހުކުރު ދުވަހަކު ލިބޭނެއެވެ. މި މެނޫގެ އަގަކީ މީހަކަށް 159 ރުފިޔާއެވެ. ހަޓް ކުޒީންގެ އެންމެ ހާއްސަ ކަމަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ މެނޫއެވެ. ކިޑްސް ސްޕެޝަލް މެނޫގެ އަގަކީ ކުއްޖަކަށް 79 ރުފިޔާއެވެ.

ހަޓް ކުޒީން ރެސްޓޯރެންޓުން ރޯދަވިއްލަން ބޭނުންވާ ފަރާތްތަކަށް މެނޫގައިވާ ތަކެތި ގުޅާލުމުން ޑެލިވަރީ ވެސް ކޮށްދޭނެއެވެ. ރޯދަވީއްލުން ބުކް ކުރުމަށް 3327033، 3307033 ނުވަތަ 9907033 ނަމްބަރަށް ގުޅާލުމުން ބުކް ކޮށްލެވޭނެއެވެ.

މިހިސާބުން ހަޓް ކުޒީންގެ ރޯދަ މެނޫ ހިއްސާކޮށްލާނަމަވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް