ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ދަރިފުޅާއި އެކު ރާއްޖެއިން ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.
ފައިސަލްގެ ޕާސްޕޯޓު ހިފެހެއްޓި މާޗް 16 ވަނަ ދުވަހު އެއް މަސްދުވަހުގެ މުއްދަތަށެވެ. ކްރިމިނަލް ކޯޓުން ފައިސަލްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރެފައިވަނީ ގާނޫނީ ސަރުކާރު ވައްޓާލަން މާލެއަށް މީހުން އެރުމަށް ފައިސަލް ގޮވާލި ކަމަށް ބުނާ މައްސަލައިގަ ފުލުހުން އެދިގެންނެވެ.
ފައިސަލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޯޓިޒަމް ހުންނަ 13 އަހަރުގެ ފިރިހެން ދަރިފުޅުގެ އޮޕަރޭޝަނެއް އިންޑިއާގައި މިއަދު ކުރާނެ ކަމަށެވެ. އެ ވަގުތު ދަރިފުޅާއެކު ހުންނެވުމަށް ކިތަންމެ ބޭނުންވިއަސް އެ ފުރުސަތު ނިގުޅައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓި އިރުވެސް އޮޕަރޭޝަން ކުރަން ދިއުމަށް އޮތީ ހަމަޖެހިފައި ކަމަށެވެ. އަދި ޕާސްޕޯޓު ހިފެހެއްޓި މުއްދަތު ހަމަވިފަހުން ދެވަނަ ފަހަރަށް ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެންގީ ރޭ އޮޕަރޭޝަނަށް ފުރަން ގޮސް އެއާޕޯޓުގައި ހުންނަވަނިކޮށް ކަމަށެވެ.
އެ މައްސަލާގައި އޭނާގެ މައްޗައް ސަރުކާރު ވައްޓާލަން އުޅުން ކަމުގެ ތުހުމަތުކޮށް، ފުލުހަށް ހާޒިރުވެސްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް