ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު މާބޮޑަށް ގޯސްވެގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު އޮތް މައުމޫންގެ ޝަރީއަތުގައި ފުލުހުން އެހެން ބުނުމުން ޝަރީއަތް ވަނީ ކެންސަލް ކޮށްފައި އެވެ. މިކަން މައުމޫންގެ ވަކީލުން ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފަ އެވެ.
މައުމޫންއާ ދެކޮޅަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން އެ މަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކި ގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދެއްވުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ނުފޫޒު ފޯރުވި ކަމަށް ވެސް ދައުވާގައިވެ އެވެ.
މައުމޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް