ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅުން ހުރި ޝަރީއަތްތަކުގައި ގާނޫނުތަކާއި ކޯޓު އުސޫލުތަކާ ހިލާފަށް ކަންކަން ކުރާކަމުގެ ޝަކުވާ ވަރަށް ބޮޑަށް އިވިވަޑައިގެންނެވި ކަމަށް، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް އެނބުރި ވަޑައިގެން ކުރެއްވި ޓުވީޓެއްގައި ޑޯރިސް ވިދާޅުވެފައިވަނީ ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ބޭނުންވަނީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރާ ޝަރުއީ ނިޒާމެކެވެ. އެކަމަކު ރާއްޖޭގައި ސީނިއަ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ހިންގާ ޝަރީއަތްތަކުގައި އުސޫލުން ބޭރުން ކޯޓުތަކުން އަމަލްކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ފާޅުކުރި ކަމަށެވެ.
https://twitter.com/JamesDauris/status/993521957650944003
އޭނާގެ ދަތުރުފުޅުގައި ވަނީ ފޮރިން ސެކްރެޓަރީ އަހުމަދު ޝަރީރުު އާއި އިދިކޮޅު ކޯލިޝަން އާއި ބައްދަލު ކުރައްވާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޑޯރިސްއާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި ކައުންޓަ ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ހިއުމަން ޓްރެފިކިންގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
މިއީ ފެބްރުއަރީ މަހު ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވި ފަހުން ޑޯރިސް ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް