ދިރާގު ޓީވީ އާއި ބްރޯޑްބޭންޑުގެ ހިދުމަތް އޭދަފުއްޓަށް ދޭން ފަށައިފި

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ބ. އޭދަފުއްޓަށް ދޭން ފަށައިފި އެވެ. މި ހިދުމަތް އެރަށަށް ތައާރަފުކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ފައިބާ އަދި ...

08 May 2018 | 03:50

ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ބ. އޭދަފުއްޓަށް ދޭން ފަށައިފި އެވެ.

މި ހިދުމަތް އެރަށަށް ތައާރަފުކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ފައިބާ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ އޭދަފުއްޓަކީ މި އަހަރުގެ ތެރޭގައި، ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތައާރަފް ކުރި 18 ވަނަ ރަށް ކަމަށެވެ.

ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލްގެ ހިދުމަތް ދެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފް ކުރި ޑިޒްނީގެ ޗެނަލްތަކާއި ހިންދީ އަދި އިނގިރޭސި ފިލްމު ދައްކާ ޗެނަލްތައް ހިމެނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ޚިދުމަތުގެ މަހު ފީ އަކީ 300ރ. އެވެ.

ދިރާގު 100 އެމްބީޕީއެސް އާ ހަމައަށް ސްޕީޑް ލިބޭ ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތް މާލެ ސަރަހައްދާއި ރާއްޖޭގެ 35 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ ކުންފުނީގެ އޭޑީއެސްއެލް ހިދުމަތް އާބާދީ ބޮޑެތި ހުރިހަ ރަށްތަކަށް މިހާރު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް