ބައެއް އަންހެނުން ވިހައިގެން އަހަރު ދެ އަހަރު ވާއިރުވެސް ވިހޭ ބަނޑު އިދެ އެވެ. އެއީ ވަރަށް ލަދު ގަންނަ ކަމެކެވެ.
އެ ބަނޑު ހިންދާލަން ކުރެވިދާނެ ގިނަ ކަންތައްތަކެއް ތަފާތު ސިއްހީ ތަޖުރިބާކާރުން ކިޔައިދެ އެވެ. އޭގެ ތެރެއިން މިއީވެސް ވިހެއުމާއި ގުޅިގެން ނިކުންނަ ބަނޑު ހިންދާލުމަށް ކެއުމުގައި ހިމެނިދާނެ އަދި ވަރަށް ޔަގީން ކާނާ އެވެ.
ކެއުމުގައި ހިމަނަންވީ ތަރުކާރީ އާއި މޭވާ، ޕްރޮޓީން ހިމެނޭ ކަނޑު މަސް، އެއްގަމު މަސް، އަދި ތަފާތު ވައްތަރުގެ އޮށެވެ. މީގެ އިތުރުން ފެހިކަން ގަދަ ފަތާއި ލޯ ފެޓް ކިރަކީ ކެއުމުގައި ހިމަނަންވީ ބައިތަކެވެ. މީގެ ތެރެއިން ވިޓަމިން ސީ އެކުލެވޭ ތަރުކާރީ އާއި މޭވާ ފަދަ އެއްޗެހި ކެއުމުން މައިމީހާގެ ބަނޑުގައި ކުއްޖާ އޮތް ފާރު ހިއްކުމަށް އެހީވެދެ އެވެ.
ވިހެއުމާއި ގުޅިގެން ނިކުންނަ ބަނޑު ހިންދުމަށް އެހާ އަވަހަށް ކަސްރަތު ކުރުމަކީ އުނދަގޫ ކަމަށް ވެދާނެ އެވެ. އެކަމަކު އަމިއްލައަށް އުޅެވޭ ވަރުވުމުން މިއީ ބަނޑު ހިންދުމަށް ކުރެވިދާނެ ރަނގަޅު ކަސްރަތުތަކެކެވެ.
މަޑުމަޑުން އޮށޯޓުމަށް ފަހު ބާރަށް އެތެރެއަށް ނޭވާލައި، ބަނޑު ފިއްތާލައިގެން ދެތިން ސިކުންތު އޮންނާށެވެ. އޭރުން ބުރަކަށްޓަށް ފަސޭހަވެ ވިހެއުމާއި ގުޅިގެން މައިބަދައަށް އައިސް ހުންނަ ބަދަލުތައް ރަނގަޅުވާނެ އެވެ.
ރީތިކޮށް ހަށިގަނޑު ދަމާލުމަށްފަހު ކަކޫ މައްޗަށް ނެގުމަށް ދެ ފައި ކައިރިކޮށްލާށެވެ. ދެން ކޮނޑާއި ބޯ އެކަނި ޖެއްސުމަށް ފަހު ބަނޑާއި އެކު ކަކުލާ ހިސާބަށް ހަށިގަނޑު ސީދާ ކޮށްލާށެވެ. އެއީ ވިހެއުމާއި ގުޅިގެން ބަނޑާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލިބިފައި ހުންނަ ގެއްލުންތަކަށް ފަރުވާއަކަށެވެ.
މީގެ އިތުރުން ވިހެއުމަށް ފަހު މާ ގިނަ ދުވަސް ނުކޮށް ސިއްހީގޮތުން މައްސަލައެއް ނެތް ނަމަ ގިނައިން ހިނގަން އާދަ ކުރާށެވެ. އޭރުން ވިހެއުމުން ނުހުންނަ ބަނޑު ހިނދޭލެއް އަވަސް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް