އެއްކޮށް މެދުކަނޑާލުމަށްފަހު "އެމެރިކަން އައިޑަލް" އަނެއްކާވެސް އަންނަނީ

ޕްރިމެންޓަލް މީޑިއާގެ މަޝްޙޫރު ރިއަލިޓީ ޓީވީ ޝޯ "އެމެރިކަން އައިޑަލް" އެއްކޮށް މެދުކަނޑާލުމަށްފަހު އަނެއްކާ ގެނައުމަށް ނިންމައިފި އެވެ. ފޮކްސްއިން އެމެރިކަން އައިޑަލްގެ ޖުމްލަ 15 ސީޒަނެއް ދެއްކުމަށްފަ...

08 May 2017 | 04:02

ޕްރިމެންޓަލް މީޑިއާގެ މަޝްޙޫރު ރިއަލިޓީ ޓީވީ ޝޯ "އެމެރިކަން އައިޑަލް" އެއްކޮށް މެދުކަނޑާލުމަށްފަހު އަނެއްކާ ގެނައުމަށް ނިންމައިފި އެވެ.

ފޮކްސްއިން އެމެރިކަން އައިޑަލްގެ ޖުމްލަ 15 ސީޒަނެއް ދެއްކުމަށްފަހު އެމެރިކަން އައިޑަލް އެއްކޮން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެމެރިކަން އައިޑަލް މެދުކަނޑާލަން ނިންމީ ޝޯގެ މަގުބޫލުކަން ދައްވަމުން ދިއުމާއި ގުޅިގެން 2015 ވަނަ އަހަރު އެވެ.

މި ފަހަރު އެމެރިކަން އައިޑަލް ގެނެސްދޭނީ އޭބީސީ ނެޓްވޯރަކާއި ގުޅިގެންނެވެ. އެކަން ޢިއުލާނުކޮށް އޭބީސީއާއެކު ފްރިމެންޓަލް މީޑިއާއިން އެއްބަސްވުމުގައި ސޮއިކުރުމުގެ ތައްޔާރީތައް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި އެއްބަސްމުގައި ސޮއިކުރުމަށްފަހު އަންނަ އަހަރު މާޗު މަހު ތެރޭގައި އެމެރިކަން އައިޑަލްގެ އައު ސީޒަނެއް ފެށޭނެ އެވެ.

އެމެރިކަން އައިޑަލްގެ ޓައިޓަލް އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ ކެލީ ކްލާކްސަން އެވެ. ދެން މިފަށާއި ސީޒަންގައި ޖަޖުންގެ ޕެންލައިން އޭނާ ފެނިގެންދިއުން އެކަށީގެންވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.

އެމެރިކަން އައިޑަލްއިން އެމެރިކާގައި ވިދާލި ލަވަކިޔުންތެރިންގެ ތެރޭގައި ކެރީ އަންޑަވުޑް، އެޑަމް ލެމްބާޓް، ސްކޮޓީ މެކްރީރީ، ކްރިސް ޑޯޓަރީ އަދި ޖޯޑިން ސްޕާކްސް ފަދަ ލަވަކިޔުންތެރިން ހިމަނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް