ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކަރަންޓީން ފެސިލިޓީ ހަދާފައިވާ  ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެ ރިސޯޓްގައި މުދާ ލާފަހުރި ކޮންޓެއިނާއެއްގައި ކަމަށް މައުލޫމާތު ލިބޭކ...

08 Apr 2020 | 15:19

ކަރަންޓީން ފެސިލިޓީ ހަދާފައިވާ  ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެ ރިސޯޓްގައި މުދާ ލާފަހުރި ކޮންޓެއިނާއެއްގައި ކަމަށް މައުލޫމާތު ލިބޭކަމަށެވެ. އެ ކޮންޓެއިނާގައި ހުރީ ޕްލާސްޓިކް އާއިކޮންސްޓްރަކްޝަން މަސައްކަތްކުރާ ސާމާނުކަމަށ އެމްއެންޑީއެފުން ބުނެއެވެ.

އެހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:41 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އަލިފާން ނިއްވާލުމުގައި އެރިސޯޓުގައި ތިބި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގައި އެކަކަށް ވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް