އަންނަ ހަފްތާގައިވެސް ސަރުކާރު ބަންދު، ތައުލީމުދޭ ތަންތަންވެސް ބަންދު

މި ހަފްތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯ...

08 Apr 2020 | 15:16

މި ހަފްތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހަފްތާވެސް ބަންދު ކުރަން ނިންމީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ފަންނީ ލަފަޔާއި އިރުޝާދާއި އެއްގޮތަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމެވި ނަމަވެސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސުމަށް އެދޭ ކަމަށެވެ. ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެނަމަ، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރިގެން އެ މަސައްކަތެއް ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދިނުމަށްވެސް ރައީސް އެދިވަޑައިގެންފަ އެވެ.

މިއީ ސަރުކާރު ބަންދު ކުރާ ހަތަރު ވަނަ ހަފްތާއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިވަގުތު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. އަދި ބަލި އާންމުންގެ މެދުގައި ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް