ޒިންމާ އުފުލަމުންވެސް ފުލުހުންގެ "އަތްތިލަބަޑި" އާއި "ސެލިއުޓް" ސިއްހީ ހިދުމަތްތެރީންނަށް

މިއަދަކީ ރާއްޖޭގައި ސިއްހީ ކުއްލި ހާލަތުގެ ދަށުން ވަކި ވަގުތެއްގައި ކާފިއު ހިންގަމުން އަންނަތާ ހަވަނަ ދުވަސް ފުރޭނެ ދުވެހެވެ. ހަވީރު ފަހަކުން ރޭގަނޑު އަށަކަށް، ގްރޭޓާރ މާލެ އޭރިއާގައި ހިންގޭ ކާފިއު ތަ...

08 Apr 2020 | 03:35

މިއަދަކީ ރާއްޖޭގައި ސިއްހީ ކުއްލި ހާލަތުގެ ދަށުން ވަކި ވަގުތެއްގައި ކާފިއު ހިންގަމުން އަންނަތާ ހަވަނަ ދުވަސް ފުރޭނެ ދުވެހެވެ. ހަވީރު ފަހަކުން ރޭގަނޑު އަށަކަށް، ގްރޭޓާރ މާލެ އޭރިއާގައި ހިންގޭ ކާފިއު ތަންފީޒު ކުރަމުން އަންނަނީ ދިވެހި ފުލުހުންނެވެ.

ތިން ގަޑިއިރުގެ މި ކާފިއުގެ ވަގުތުގައި ފުލުހުންގެ އެންމެ ދަށް ރޭންކުގެ މުވައްޒަފުން ފެށިގެން އެންމެ މަތީ މުވައްޒަފުންނާއި ހަމައަށް އެ ތިން ގަޑިއިރު ހޭދަކުރަނީ މަގުމަތީގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް އުޅުއްވަނީ މަގުތައް ބެލެހެއްޓުމުގައެވެ.

ތިން ގަޑިއިރު ކޮޅަށް ތިބެ، ފުލުހުންނަށް މި ހާލަތުގައި މަތި ކުރުވާފައިވާ ޒިންމާ އުފުލަމުންވެސް ފުލުހުން މިވަނީ ސިއްހީ ހިދުމަތްތެރީންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުޑަ މަސައްކަތެއް ކޮށްފައެވެ. ފުލުހުން ކުރުނީސް ކުރީ ސިއްހީ ހިދުމަތްތެރީންނަށެވެ. އަދި މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ދިވެހި އެންމެހާ ފަރުދުންނަށްވެސް މެއެވެ.

ކާފިއު ހިންގަމުންދިޔަ ވަގުތެއްގައި ނަގާފައިވާ ތިރީސް ސިކުންތުގެ ކުރު މި ވީޑިއޯއިން ދައްކުވައިދޭ އަނެއް ކަމަކީ ފުލުހުން ތިބީ ގައުމީ ހިދުމަތުގައި ހިތްވަރާއެކުގައި ކަމެވެ. ސިއްހީ ހިދުމަތްތެރިންގެ ފަހަތުގައި ކަމެވެ. އަދި ހިދުމްތްތެރީންގެ މަސައްކަތަށް ހިތްވަރު ދިނުމުގައި ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް