ސިފައިންގެ ބަޑި މުބާރާތް 2019 ނިންމާލައިފި

އަލްމަރުޙޫމް މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވުނު ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019، ނިންމާލައިފިއެވެ. މި މުބާރާތް ނިންމުމުގެ ގޮތުން މިއަދު ހެނދުނު ގިރިފުށި ޓްރޭނިން ސެ...

08 Apr 2019 | 12:51

އަލްމަރުޙޫމް މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވުނު ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019، ނިންމާލައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން މިއަދު ހެނދުނު ގިރިފުށި ޓްރޭނިން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ސިފައިންގެ ޖެނަރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މި މުބާރާތުގައި އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއެއްގެ މަގާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް ފަސްޓް ކުލާސް ޝަކީބު ޒުހައިރެވެ. އަދި ދެވަނަ ސްޕެޝަލް ފޯސަސްގެ ސާޖަންޓް މުއާވިޔަތު ހަނީފް ހާސިލު ކޮއްފައިވާއިރު، ތިން ވަނަ ހާސިލް ކޮއްފައިވަނީ ސްޕެޝަލް ފޯސަސްގެ ސާޖަންޓް މުހައްމަދު އަޝްރަފެވެ.

އަދި ޔުނިޓް ތަކުގެ މެދުގައި ކުރިއަށް ދިޔަ ޓީމް އިވެންޓް ތަކުގެ ތެރެއިން ފުރަތަމަ ގިންތީގެ އެއްވަނަ ހާސިލް ކޮއްފައިވަނީ ސްޕެޝަލް ފޯސަސް އެވެ. އަދި  ދެވަނަ ޓީމްގެ މަގާމު ކޯސްޓްގާޑަށް ލިބުނުއިރު ތިންވަނަ ލިބިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ޓީމަށެވެ.

ދެ ވަނަ ގިންތީގެ އެއްވަނަ ޓީމުގެ މަގާމް ޕްރެޒިޑެންޝަލް ގާޑްސްގެ ޓީމަށް ލިބިފައިވާއިރު ދެވަނަ ޓީމުގެ މަގާމް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕަށް ލިބިފައިވާއިރު ތިންވަނަ ލިބިފައިވަނީ ޑިފެންސް އިންޓެލިޖަންސް ސަވިސް އަށެވެ.

މި މުބާރާތަކީ މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވި މުބާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް