އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮއްފި

އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮއްފިއެވެ. މި މަގާމަށް ބޭފުޅަކު އައްޔަން ކޮއްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބރާހިމް މުހައްމަދު ސޯލިހު އެވެ. އެ މަގާމަށް އައްޔަން ކޮއްފައިވަނީ ...

08 Apr 2019 | 12:12

އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮއްފިއެވެ.

މި މަގާމަށް ބޭފުޅަކު އައްޔަން ކޮއްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބރާހިމް މުހައްމަދު ސޯލިހު އެވެ. އެ މަގާމަށް އައްޔަން ކޮއްފައިވަނީ  ބ. ކެންދޫ، އެއްގަމުގެ އަލްއުސްތާޒް ނަސްރުﷲ އަލީ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި އެ މަގާމަށް އައްޔަން ކޮއްފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

މި މަގާމަށް އައްޔަން ކޮއްފައިވާ ނަސްރުﷲ އަލީ އަކީ ގުރުއާނާއި، އިސްލާމީ އިލްމު އުނގަންނައިދިނުމުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް