19 ވަނަ މަޖިލިހުގެ ހުވާކުރުން އަންނަ މަހުގެ 28 ގައި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާކުރުން އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަ ޖައްސައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހޮވުނު ކެނޑިޑޭޓުންގެ ހުވ...

08 Apr 2019 | 11:40

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާކުރުން އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަ ޖައްސައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހޮވުނު ކެނޑިޑޭޓުންގެ ހުވާކުރުން އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަ ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކަޓަރ ވިދާޅުވެއްޖެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް 15 އޭޕްރިލް ވާ ހޯމަ ދުވަހު ބޭއްވުމަށްވެސް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެމްޑީޕީއިން ވަނީ 65 ގޮނޑި ކާމިޔާބު ކޮއްފައެވެ. އަދި ޖުމްހޫރީ ޕާޓީއިންނާއި، އަމިއްލަ ގޮތުން ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ކާމިޔާބު ހޯދާފައިވާއިރު، ޕީޕީއެމްއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ. އެމްޑީއޭ އަދި ޕީއެންސީއަށް ލިބިފައިވަނީ ދެ ގޮނޑިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް