މާވަށު ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ގިނަ ކެންޑިޑޭޓުން ވާދަ ކުރި ދާއިރާއެއްގައި ވޯޓުގެ ކުޑަ ފަރަގެއް އުޅުމުގެ ސަބަބުން ތިން ވޯޓު ފޮށްޓެއް އަލުން ގުނުމަށް ހުށަހަޅާފައިވާ ކަމަށް މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.
މި ބައްދަލު ވުމުގައި އެ ދާއިރާގެ ނަން ޝަރީފް ވިދާޅުވެފައި ނުވި ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުގެ ފަރަގު ކުޑަވުމުންނާއި ބާތިލު ވޯޓު ގިނަވުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން އަލުން ގުނަން ނިންމާފައި ވަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެކެވެ.
އެގޮތުން މާވަށު ދާއިރާއަށް ވާދަ ކުރި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި އުޅެނީ 13 ވޯޓުގެ ފަރަގެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް