އާސަންދަ އެބްރޯޑް ޕޯޓަލްގައި ރަޖިސްޓްރީ ވުމުގެ ކެމްޕޭނެއް އިންޑިއާގައި ފަށައިފި

އާސަންދަ އެބްރޯޑް ޕޯޓަލްގައި ރަޖިސްޓަރ ވުމަށް އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނަށް އެހީތެރިވެދިނުމުގެ ގޮތުން، ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީހުގައި "އެބްރޯޑް ރެޖިސްޓްރޭޝަން ކޭމް...

08 Apr 2019 | 09:49

އާސަންދަ އެބްރޯޑް ޕޯޓަލްގައި ރަޖިސްޓަރ ވުމަށް އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނަށް އެހީތެރިވެދިނުމުގެ ގޮތުން، ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީހުގައި "އެބްރޯޑް ރެޖިސްޓްރޭޝަން ކޭމްޕް" ގެ ނަމުގައި ކޭމްޕެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އެޕްރިލް 11 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 10:00 އިން ރޭގަނޑު 10:00 އަށް މި ކޭމްޕް ކުރިޔަށްދާނެ ކަމަށް އާސަންދަ ކުންފުނިން މައުލޫމާތުދެއެވެ.

29 މާރޗް އިން ފެށިގެން 4 އެޕްރީލް 2019 ގެ ނިޔަލަށް ސްރީލަންކާގައި ހުންނަ އާސަންދަ އޮފީހުގައިވެސް ވަނީ މިފަދަ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. ލަންކާގައި ބޭއްވި ކޭމްޕުގައި 2500 އަށް ވުރެ ގިނަ ދިވެހިން ވަނީ އެބްރޯޑް ޕޯޓަލްގައި ރަޖިސްޓަރވެފައެވެ.

ސްރީލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅުއްވާ ދިވެހިންނަށް ސިއްހީ ހިދުމަތް ހޯދުމުގެ ލުއި ގޮތްތަކެއް ހޯއްދަވައި ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް