ހިންވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ޖީހާން މަހުމޫދު، އެ ދާއިރާގެ ދޮރުން ދޮރަށް ވަޑައިގެން އަމިއްލަ އަތްޕުޅުން ރައްޔިތުންނަށް ބޮނޑިބަތް ބައްސަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖީހާން ވަނީ ރަށުގެ ހުރިހާ ގެޔަކަށް ކަހަލައިން ވަޑައިގެން ބޮނޑިބަތް ބައްސަވާފައެވެ.
މިއީ ފަހުގެ ތާރީހުގައި އަޅުގަނޑުމެންނަށް ފެނިފައިވާ ކަމެއް ނޫނެނެވެ. ދާއިރާގެ ޒުވާނެއް ދުވަހަށް މައުލޫމާތު ދެމުން ބުނީ، ދާއިރާގެ ރައްޔިތުން ކޮށްދެއްވި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ރައްޔިތުންގެ ގޭގެއަށް ވަޑައިގެން ޝުކުރު ދެންނެވުން މިއީ ނުފެންނަ މަންޒަރެއް ކަމަށެވެ. އަދި މުޅިންވެސް ފެންނަނީ ކެމްޕޭނުގެ ތެރެއިން ދޮރުން ދޮރަށް ކެންޑިޑޭޓުން ހިނގާ މަންޒަރު ކަމަށާއި، ރޭ ޖީހާން ގެއަށް ވަޑައިގެން ޝުކުރު ދެންނެވުމުން ވަރަށް އުފާވި ކަމުގައެވެ.
ހިންނަވަރު ދާއިރާގެ ގޮނޑިއަކީ ވޭތުވެދިޔަ 25 އަހަރު ރައީސް ސޯލިހު ތަމްސީލް ކުރެއްވި ގޮނޑިއެވެ. އެ ގޮނޑި ޖީހާން މަހުމޫދު ކާމިޔާބުކުރެއްވީ ވަރަށް ފަސޭހަކާމާއި އެކީގައެވެ. ހިންނަވަރަކީ ޒަމާނުއްސުރެ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަން ރީންދޫ ފިކުރުގެ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް