ނަތީޖާ ލިބުމާއެކު ނާދިރާ އަވަސްވެގަތީ މަގުތަކުގައި ދެމި ބެނާތަކާއި ބިލްބޯޑުތައް ނަގަން

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބު ނިމިދިޔައީ އެއް ބަޔަކު ހެއްވާލައި އަދި އަނެއް ބަޔަކު ދެރަކޮށްލާފައެވެ. 87 ދާއިރާއަށް ޖުމްލަ 386 ކެނޑިޑޭޓުން ކުރިމަތިލާފައ...

08 Apr 2019 | 08:12

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބު ނިމިދިޔައީ އެއް ބަޔަކު ހެއްވާލައި އަދި އަނެއް ބަޔަކު ދެރަކޮށްލާފައެވެ.

87 ދާއިރާއަށް ޖުމްލަ 386 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު ގިނަ ބަޔަކު ހީނުކުރާ އެތައް ނަތީޖާއިން މި އިންތިހާބުން ނިކުމެފައިވެއެވެ.

ބަލި ވުމުން ބަލި ގަބޫލުކޮށް އެއްބަޔަކު ދެރަވެ މޮޅީގެ ސާލުލައިގެން ތިބި ނަމަވެސް ގަލޮޅު ދެކުނު ދާއިރާއަށް ނިކުތް އައިމިނަތު ނާދިރާ ދެއްކެވީ ތަފާތު މަންޒަރެކެވެ.

https://twitter.com/a_nadraa/status/1114668800048128000

ނަތީޖާ ހަމަ ލިބުމާއެކު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މީކާއިލް ނަސީމަށް މަރުހަބާ ދަންނަވައި ޓްވީޓް ކުރެއްވިއެވެ. އަދި ކެމްޕޭނު ޓީމާއެކު ނިކުމެ، ކުރިން ދެމި ބެނާތަކާއި ހަރުކުރި ބިލްބޯޑުތައް ނެގުމުގެ މަސައްކަތް ނާދިރާ ވަނީ އެ ރެއިން އެ ރެއަށް ފަށާފައެވެ. ނާދިރާގެ މި އަމަލަށް ގިނަ ބަޔަކު އަންނަނީ ތަރުހީބުދީ އޭނާއަށް ތައުރީފް ކުރަމުންނެވެ.

މަޖިލިސް އިންތިހާބުގައި ނާދިރާ އަމިއްލަ ގޮތުން ކުރިމަތިލެއްވީ ރައީސް މައުމޫންގެ ތާއީދާއި އެކުގައެވެ. ނާދިރާ އަކީ އެމްއާރުއެމް މޫވްމެންޓްގެ އިސް ސަފުން ފާހަގަކޮށްލެވޭ، އަދި ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް އޭރުގެ އިދިކޮޅުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ހުންނެވި ހިތްވަރު ގަދަ، ހީވާގި ކަނބަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް