ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯ ސުޕްމާޓުން "ރަމަޒާން ބާޒާރު" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގުގައި ތަކެތި ގަންނަން ލިބޭނެކަމަށް އެސްޓީއޯ ސުޕަމާޓުގެ ސުޕަވައިޒަރު ރައްޝާން މުހައްމަދު ވިދާޅުވިއެވެ.
ރައްޝާން ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން ބަދިގެ ސާމާނަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަގު ހުރި އިނާމުތަކަކާ އެކީ ކަމަށްވެސް ރައްޝާން މައުލޫމާތު ދިނެވެ.
މިއަދުން ފެށިގެން މި ޕްރޮމޯޝަން ކުރިއަށް ދާއިރު، މި ޕްރޮމޯޝަންގައި 500 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ގުރުއަތުލުމުގައި ބައިވެރިވެވޭނެއެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް ލިޓަސްގެ ފަރާތުން ސައިކަލެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ޖޫން 10 ވަނަ ދުވަހާގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް