ރައްޔިތުންގެ މަޖިލީސް އިންތިހާބާއި ގުޅިގެން އިއްޔެ ސަރުކާރު ބަންދު ދުވަހަކަށް ވުމުން، ސަރުކާރަށް ދެން 100 ދުވަސް ހަމަވާނީ އަންނަ ހޯމަ ދުވަހުގައެވެ.
ސަރުކާރުން 100 ދުވަސް ގުނަމުން އަންނަނީ ބަންދު ދުވަސްތައް ނުލައެވެ. ކުރިން 100 ދުވަސް ވާނެ ކަމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. ނަމަވެސް އިއްޔެ ބަންދު ވުމާއި ގުޅިގެން މިހާރު 100 ދުވަސް ވާނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މިހާތަނަށް 83 އިންސައްތަ ވައުދު ފުއްދިފައި ވާކަމަށް މީގެ ކުރިން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް