އިންފްލުއެންޒާ ވެކްސިން ޖަހައިދޭން ވަރަށް ފަސޭހަ ގޮތްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން

މާލެ އާއި އަތޮޅުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިންފުލުއެންޒާ ފެތުރުން އާންމު ވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރެއްވި ލަފަޔާ ގުޅިގެން، އިންފްލުއެންޒާ ވެކްސިން ޖަހައިދޭނ...

08 Apr 2019 | 06:56

މާލެ އާއި އަތޮޅުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިންފުލުއެންޒާ ފެތުރުން އާންމު ވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރެއްވި ލަފަޔާ ގުޅިގެން، އިންފްލުއެންޒާ ވެކްސިން ޖަހައިދޭން ވަރަށް ފަސޭހަ ނިޒާމްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ހަމަޖައްސައިފިއެވެ.

އިންފުލުއެންޒާ ވެކްސިން އަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ޖެހޭ ވެކްސިން އަކަށް ވާތީ، އެ ހޮސްޕިޓަލުން ވެކްސިން ޖަހަންބޭނުންވާ ފަރާތް ތަކަށް ހިލޭ އާންމުބަލިތަކުގެ ޑޮކްޓަރުގެ އެސެސްމަންޓް ހެދޭނެ ނިޒާމް ހަމަޖެހިފައިވާކަމަށް ޓްރީ ޓޮޕުން މައުލޫމާތު ދެއެވެ.

އެ ހޮސްޕިޓަލުން ބުނީ، ވެކްސިންގެ އަގުހިމަނައިގެން ވެކްސިން ޖައިދޭ އަގުތައް އުޅެނީ ކުޑަކުދިން ނަށް 215 ރުފިޔާ އަދި ބޮޑެތި މީހުންނަށް 240 ރުފިޔާއާއި ދެމެދުގައި ކަމަށެވެ. އަދި ވެކްސިން ޖަހަން އަންނަ ވަގުތުގެ 48ގަޑިއިރު ކުރިން ދޫކުރެވިފައިވާ ބޭސްސިޓީ ހިފައިގެން އައުމުން ވެކްސިން ޖަހައިދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ވެކްސިން ޖެހުމުގެ ކުރިން ޚާއްސަ ޑޮކްޓަރަކަށް ދައްކަން ޖެހޭނަމަ ޚާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްވެސް ހަމަޖައްސައިދޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް