ހޫނު ގަދަވެ، އަނބުރައިގަތުމުގެ ސަބަބުން މަގުމައްޗަށް ވެއްޓުނު އަންހެނަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަން ހިނގާފައިވަނީ މިއަދު 11:10 ހާއިރު މަޖީދީމަގު ފަތަހަ ސުންބުލި ކައިރިންނެވެ.
އެ އަންހެންމީހާ ވެއްޓުމުން އާއްމުންނާއި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ޓެކްސީ އެއް ހުއްޓުވައި އެ އަންހެންމީހާއާއެކު އަންހެން ފުލުހަކު ހޮސްޕިޓަލަށް ދިޔައެވެ.
މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއްކަމުން ހޫނުން ރައްކާތެރިވުމަށް ކުޑަ ނެގުން، ތޮފި އެޅުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި މިދުވަސްވަރު ގިނައިން ފެންބުއިމަށްވެސް ސަމާލުކަން ދޭންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް