ސްކީމަށް މަކަރު ހެދުމުން ޝޮޕްމޯ އޮޕްޓިކަލްގެ އާސަންދަ ހުއްދަ ބާތިލުކޮށްފި

އާސަންދައިގެ ހިދުމަތް  ދިނުމުގައި އޮޅުވާލުންތައް ހިމެނޭތީ ޝޮޕްމޯ އޮޕްޓިކަލްސްގެ ސްކީމް ހުއްދަ އާސަންދައިން ބާތިލުކޮށްފިއެވެ. އާސަންދައިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ބެލި ބެލު...

08 Apr 2019 | 06:29

އާސަންދައިގެ ހިދުމަތް  ދިނުމުގައި އޮޅުވާލުންތައް ހިމެނޭތީ ޝޮޕްމޯ އޮޕްޓިކަލްސްގެ ސްކީމް ހުއްދަ އާސަންދައިން ބާތިލުކޮށްފިއެވެ.

އާސަންދައިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ބެލި ބެލުމުން، އޮޅުވާލާފައިވާކަން ސާބިތު ކުރެވިފައިވާމަށެވެ. އެހެންކަމުން ޝޮޕްމޯ އޮޕްޓިކަލާއެކު ހަދާފައިވާ އެއްބަސްވުން މިއަދުން ފެށިގެން ބާތިލުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ހިދުމަތް ފޯރުކޮށްދިނުމަގައާއި ބިލްކުރުމުގައި މައްސަލަ ހުންނަކަން ފާހަގަކުރެވޭނަމަ، ހިދުމަތް ދޭ މަރުކަޒާއި މެދު ފިޔަވަޅު އެޅިގެންދާނެކަން މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް