ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފް، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ދެ ދުވަހުގެ ޗުއްޓީއަކަށްފަހު ކެޓްރީނާ އެނބުރި ގައުމަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ކެޓްރީނާ ޗުއްޓީ ހޭދަކޮށްފައިވަނީ އޭނާގެ މޭކް އަޕް އާޓިސްޓް ޑެނިއަލް ބޮޔާ އާއި އޭނާގެ ފިޓްނަސް ޓްރެއިނަރ ޔާސްމީން ކަރާޗީވާލާ އާއި އެކުގައެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު ބައެއް ފޮޓޯތައް ކެޓްރީނާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
ފިލްމީ ހަޔާތުގައި ކެޓްރީނާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިލްމު ބާރަތުގެ މަސައްކަތެވެ. މި ފިލްމަކީ އަންނަ އީދަށް ނެރޭނެ ކަމަށް ބެލެވޭ ފިލްމެކެވެ. މި ފިލްމު ވެގެން ދާނީ ސަލްމާނާއެކު ކެޓްރީނާ ކުޅޭ ހަ ވަނަ ފިލްމަށެވެ.
ބާރަތު، މި ފިލްމަކީ ކޮރެއާގެ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށްފައިވާ އޭން އޯޑް ޓު މައި ފާދާ އަސްލަކަށް ބަލައިގެން ކުޅޭ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަލީ އައްބާސް ޒަފަރެވެ. ޕްރޮޑިއުސް ކުރަނީ އަތުލް އަގްނީހޯތުރީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް