އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އަލީ އާދަމް އައްޔަން ކުރައްވައިފި އެވެ.
އަލީ އާދަމް މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގައި އެވެ. ރައީސް އޮފީހުން ބުނީ، އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް ގ. ކަކާގެއާގެ 2، އަލީ އާދަމް މިދިޔަ ބުދަ ދުވަހު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، އަލީ އާދަމް ހުންނެވީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލްގެ މަގާމުގަ އެވެ. ހަތަރު އަހަރެއްހާ ދުވަސް ވަންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
އަލީ އާދަމާ އެކު، އިސްލާމިކް މިނިސްޓްރީގައި ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް