މާލެއިން ފުރައިގެން ބ އަތޮޅަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި އެވެ.
މި ދޯނި ފަރަށް އަރާފައިވަނީ ރޭ ފަތިހު 5:15 ހާއިރު ކ. ޒިޔާރަތްފުށީ ފަރަށެވެ. އެމްއެންޑިއެފުން ބުނީ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 11:00 ގައި ކަމަށެވެ.
"މަސް ނަނު" ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރި އިރު ގިނަ އަދަދެއްގެ ހިލަ އާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްފައި ހުއްޓެވެ. އަދި ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ތިބިކަމަށާއި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރިން ދަނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންނެވެ. އަދި ދޯނީގެ ވެރި ފަރާތުންވެސް ދަނީ ދޯނި ފުން ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް