ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދުވަސް ކައިރި ނުވަނީސް އައިޑީ ކާޑު އާ ކުރަން ޑިޕާޓްމަންޓު އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ހަނދާން ކޮށްދީފި އެވެ.
އެ ޑީޕާޓްމަންޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގެ ދުވަހާއި ކައިރި މުއްދަތެއްގައި ކާޑުގެ މުއްދަތު ހަމަވާން އިންނަމަވެސް ކާޑު އާ ކުރުމަށް ހުށަހެޅުމުން ކާޑު ހަދައިދޭނެ ކަމަށެވެ. އަދި އައިޑީ ކާޑު އާ ކުރުމަށް މި ދުވަސްވަރު އިތުރަށް ސަމާލު ކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޑީއެންއާރުން ބުނީ އިންތިހާބު އޮންނަ ދުވަހާ ކައިރިކޮށް އެއްފަހަރާ ގިނަބަޔަކު ކާޑު ހެއްދުމަށް ކޮންމެ ފަހަރަކުވެސް ހުށަހަޅާ ކަމަށެވެ. އަދި އެގޮތަށް ހުށަހެޅުމުން އެ ޑިޕާޓްމަންޓަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.
އިންތިހާބުގެ އިތުރުން ހައްޖާއި އުމްރާއަށް ދާ ފަރާތްތަކުންވެސް އައިޑީ ކާޑު ދުރާލާ އާ ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް