ރާއްޖޭގެ ކައްކާއިންނަށް "މާސްޓަ ކްލާސް" ތަކެއް ބާއްވަނީ

ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިންނަށް ހާއްސަކޮށްގެން ބެސްޓް ބައި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން "މާސްޓަ ކަލާސް" ތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ. މި ކްލާސްތައް ކުރިޔަށް ގެންދަނީ މިމަހު...

08 Apr 2018 | 04:30

ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިންނަށް ހާއްސަކޮށްގެން ބެސްޓް ބައި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން "މާސްޓަ ކަލާސް" ތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

މި ކްލާސްތައް ކުރިޔަށް ގެންދަނީ މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ހޮޓެލް އޭޝިޔާ އެގްޒިބިޝަންގައި އެވެ. މި ކްލާސްތައް ކުރިޔަށް ގެންދަނީ އެ އެގްޒިބިޝަން އިންތިޒާމް ކުރާ މޯލްޑިވްސް އެގްޒިމިޝަން އެންޑް ކޮންފަރެންސް ސާވިސް އާއި ގުޅިގެންނެވެ.

މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިން ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހު 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި އެވެ.

މި ކްލާސްތަކުގައި ކިޔަވައިދޭނީ ދުނިޔޭގެ ނަން މަޝްހޫރު ދެ ޝެފުންނެވެ. އެއީ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތް ޝެއިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯ އެވެ. މީގެ އިތުރުން ބަރިސްތާ ވޯކްޝޮޕެއްވެސް އެ ބައިވެރިންނަށް ކުރިޔަށް ގެންދާނެ އެވެ.

މި ކްލާސްތައް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހާއި ރޭގަނޑު އެވެ. މިއީ ރާއްޖޭގެ ކައްކާއިންނަށް މިފަދަ ކްލާސްތަކެއް ބާއްވާ ހަވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް