މާފަށް އެދޭނީ ޖޫރިމަނާ މައްސަލައިގަ ކޯޓުން ގޮތެއް ނިންމުމުން: ސަންގު ޓީވީ

ސަންގު ޓީވީ އެއް ލައްކަ ރުދިޔާއިން ޖޫރިމަނާކޮށް މާފަށް އެދެން އެންގި މައްސަލައިގަ މާފަށް އެދޭނީ ކޯޓުން އެ މައްސަލައިގަ ވަކި ގޮތެއް ކަނޑައެޅުމުން ކަމަށް އެ ސްޓޭޝަނުން ބުނެފި އެވެ. ސަންގު ޓީވީ ޖޫރިމަނާ ...

08 Apr 2018 | 04:10

ސަންގު ޓީވީ އެއް ލައްކަ ރުދިޔާއިން ޖޫރިމަނާކޮށް މާފަށް އެދެން އެންގި މައްސަލައިގަ މާފަށް އެދޭނީ ކޯޓުން އެ މައްސަލައިގަ ވަކި ގޮތެއް ކަނޑައެޅުމުން ކަމަށް އެ ސްޓޭޝަނުން ބުނެފި އެވެ.

ސަންގު ޓީވީ ޖޫރިމަނާ ކުރީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި މައްސަލައިގަ އެވެ. އަދި އެކަމަށް ލައިވްކޮށް ސްޓޭޝަނުން މައާފަށް އެދުމަށް ވަނީ އަންގާފަ އެވެ.

ޖޫރިމަނާ ފައިސާ ހޯދުމަށް ސަންގު ޓީވީން ވަނީ "ފައިސާ ޖާޑީ" ގެނަމުގައި ފަންޑު ފޮށްޓެއް ހުޅުވާފައި އެވެ.

ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން އެ ސްޓޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ ޖޫރިމަނާ ފައިސާ ހޯދުމަށް ފަންޑު ފޮށްޓެއް ހުޅުވީ އެ ފައިސާ ދެއްކުމުން ނޫނީ މައްސަލަ ކޯޓުގައި އިސްތިއުނާފު ނުކުރެވޭތީ ކަމަށެވެ. އެކަމަކު މާފަށް އެދުމުގެ ވާހަކަ އެތަނުގައި ނެތުމުން މާފަށް އެދޭނީ ކޯޓުން މި މައްސަލައިގަ ގޮތެއް ނިންމުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގަ ޝަރުއީ އެންމެ މަތީ ކޯޓަށް ދިއުމަށް އެ ސްޓޭޝަން އޮތީ ތައްޔާރަށެވެ. ސަންގު ޓީވީގެ ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ.

ސަންގު ޓީވީގެ އިތުރުން ރާއްޖެ ޓީވީ އާއި ވީމީޑިއާގެ ދަށުން ހިންގާ ވީޓީވީ އަދި ވީއެފްއެމް ވަނީ ރައިސް ޔާމީންގެ އަބުރު ފުޅަށް އަރައިގެންނަ ކޮންޓެންޓެއް ބްރޯޑްކާސްޓު ކޮށްގެން މީގެ ކުރިން ޖޫރިމަނާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް